ރަޙްމާނީ ހިޔާ އަޙްމަދު ޙަސަނާ ގުޅިގެން އުތީމު ޔުނައިޓެޑުން ދީނީ ދަރުސެއް ބާއްވައިފި
އުތީމު ޔުނައިޓެޑާއި އަލްފާޟިލް އަޙްމަދު ޙަސަން (ރަޙްމާނީ ހިޔާ، ހއ. އުތީމު) ގުޅިގެން ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ދީނީ ދަރުސެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. 20 މޭ 2022 ގައި ބޭއްވުނު މި ދަރުސް ދެއްވީ އައްޝައިޚް ނަޞްރުﷲ އެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވިއެވެ.
މި ހަރަކާތް ކާމިޔާބުކުރުމަށް އެހީތެރިވެދެއްވި އުތީމު ޔުނައިޓެޑްގެ ހުރިހާ މެންބަރުންނަށް ހިތުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ. އަދި މިފަދަ ދީނީ ހަރަކާތްތައް ރަށުގައި އިންތިޒާމުކުރުމުގައި އަލްފާޟިލް އަޙްމަދު ޙަސަން ކުރައްވާ ނަމޫނާ މަސައްކަތްތަކަށް ޝުކުރު އަދާކުރަމެވެ. އުތީމުގައި ދީނީ ހޭލުންތެރިކަމާއި އިޖުތިމާޢީ އެއްބައިވަންތަކަން އާލާކުރުމަށް އޭނާ ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެން އެންމެންނަށްވެސް ނަމޫނާއެކެވެ.