އެންމެފަސް

ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑުން ހަދިޔާކޮށްފި

ތަޞައްވުރު / މަޤްޞަދު

ތަޞައްވުރު ހއ. އަތޮޅުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭފަދަ، ނަމޫނާ ޖަމްޢިއްޔާއަކަށް ވުން.

މިޝަން އުތީމުގެ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، ތިމާވެށި ޙިމާޔަތްކުރުމަށާއި، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ޓަކައި ހިލޭސާބަހަށް މުޖުތަމަޢަށް ޚިދުމަތްކުރުން.

މައިގަނޑު މަޤްޞަދުތައް

  • މުޖުތަމަޢުގެ ބަދަހިކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުން.

  • ޒުވާނުންނަށް އަމާޒުކޮށްގެން މުނިފޫހިފިލުވުމާއި ހުނަރު އިތުރުކުރުމުގެ ހަރަކާތްތައް ރޭވުން.

  • ރަށުގެ ޤުދުރަތީ ވެށި ޙިމާޔަތްކޮށް، ރައްކާތެރިކުރުން.

  • ރަށު ތެރެ ސާފުތާހިރުކުރުމާއި ޢާންމު ޚިދުމަތްތަކުގެ ތެރެއިން މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތައް ކުރުން.

ޖަމްޢިއްޔާގެ ފަސްމަންޒަރާއި މެންބަރުން

  • އުތީމު ޔުނައިޓެޑް ރަޖިސްޓްރީ ކުރެވުނީ 2013 ވަނަ އަހަރު، 109 މެންބަރުންނާ އެކުގައެވެ.

  • ޖަމްޢިއްޔާ ހިންގުމުގައި މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ވަގުތާއި ޤާބިލުކަން ހަދިޔާކުރާ އިޚްލާޞްތެރި ވޮލަންޓިއަރުންގެ މައްޗަށެވެ.

  • މެންބަރުކަން އުތީމުގެ ރައްޔިތުންނަށް ހުޅުވާލެވިފައިވީ ނަމަވެސް، ޖަމްޢިއްޔާގެ އޮނިގަނޑަށް އައި ބަދަލުތަކާއި ރަށުގައި އިތުރު ކްލަބް ޖަމްޢިއްޔާތައް އުފެދުމާ ގުޅިގެން މިހާރު މެންބަރުންގެ ޢަދަދު ވަނީ ވަކި ހަމައެއްގައި ހިފެހެއްޓިފައެވެ.