އެންމެފަސް

ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑުން ހަދިޔާކޮށްފި

އަޅުގަނޑުމެންނާ ބެހޭ

އަޅުގަނޑުމެންނާ ބެހޭ

އުތީމު ޔުނައިޓެޑް (ޔޫޔޫ) އަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެއް ކަމަށްވާ އަދި ޤައުމީ އަބްޠާލު މުޙައްމަދު ތަކުރުފާނު އުފަންވެވަޑައިގެންނެވި ހއ. އުތީމުގެ މުޖުތަމަޢު ތަރައްޤީކުރުމުގެ މަޤްޞަދުގައި 8 އޮކްޓޫބަރު 2013 ގައި އުފެއްދި ޖަމްޢިއްޔާއެކެވެ. އަޅުގަނޑުމެންގެ ޖަމްޢިއްޔާ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކުގައި ރަށުގެ ރައްޔިތުން، ޚާއްޞަކޮށް ރަށުން ބޭރުގައި އުޅޭ ރައްޔިތުން ބައިވެރިކުރުމުގެ ތަޞައްވުރެވެ.

ޖަމްޢިއްޔާ އުފެދުނީއްސުރެ އަޅުގަނޑުމެން އަންނަނީ މުޖުތަމަޢަށް ފައިދާހުރި ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން 1،000 ރުއް އިންދި "ގްރީން ޕްރޮޖެކްޓް" ހިންގުމާއި، ފުޓްބޯޅަ މުބާރާތްތައް އިންތިޒާމުކުރުމާއި، ކުޑަކުދިންގެ ޙަފްލާތައް ބޭއްވުމާއި، ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ހިންގުމާއި، ޤައުމީ ދުވަސް ފާހަގަކުރުމާއި، އަތިރިމަތި ސާފުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އަޅުގަނޑުމެންގެ އަމިއްލަ ހަރަކާތްތަކުގެ އިތުރުން، އެހެން ޖަމްޢިއްޔާތަކާއި، ޚާއްޞަކޮށް އުތީމު ކައުންސިލުން އަޅުގަނޑުމެންގެ ބައިވެރިވުމަށް އެދޭ ކޮންމެ ހިނދެއްގައި އެފަރާތްތަކާއެކު އެއްބާރުލުންދީގެން މަސައްކަތްކުރަމެވެ. މީގެ އިތުރުން، އުތީމުގެ އެހެން ޖަމާޢަތްތަކަށް ބޭނުންޖެހޭ ހާލަތްތަކުގައި އަޅުގަނޑުމެންގެ ވަސީލަތްތަކާއި ތަކެތި އުފަލާއެކު ޙިއްޞާކުރަމެވެ.

ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން އެންމެ ޚާއްޞަ އިސްކަމެއްދޭ އެއް ހަރަކާތަކީ އަޟްޙާ ޢީދު ފާހަގަކުރުމެވެ. މިގޮތުން އިޖުތިމާޢީ ހެނދުނުގެ ސާޔާއި، ގޭގެޔަށް ބަކަރި މަސް ބެހުމާއި، ހަވީރު ކުޑަކުދިންގެ ޙަފްލާ އަދި ރޭގަނޑު މެޖިކް ޝޯ ބޭއްވުން ހިމެނެއެވެ.