އުތީމު ޔުނައިޓެޑުން ޣާޒީ ބަންޑާރައިން ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފި
އުތީމު، 19 ޖުލައި 2021 – އުތީމު ޔުނައިޓެޑުން ވަނީ ޣާޒީ ބަންޑާރައިން ސްކޫލް (ޖީބީއެސް) އަށް ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފައެވެ. މި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ 19 ޖުލައި 2021 ގެ ހަވީރު، ސްކޫލްގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.
މި ހަފްލާގައި ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ޢިނާޔަތް، ޖީބީއެސްގެ މުވައްޒަފުން އަދި އުތީމު ޔުނައިޓެޑްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި، ބައިވެރިން ވަނީ މި އާ އިސްނެގުމާ މެދު އަދި ސްކޫލް މުޖުތަމަޢަށް އޭގެއިން ކުރާނެ ފައިދާތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
އުތީމު ޔުނައިޓެޑުން ރާވަނީ އާ ދިރާސީ އަހަރު ފެށުމުގެ ކުރިން ޑިޖިޓަލް ނޯޓިސް ބޯޑު ހަރުކުރުމުގެ މަސައްކަތް ނިންމުމަށެވެ.