އުތީމު ޔުނައިޓެޑުން ޙަސަންތަކުރުފާނު ހައުސްއަށް ޖާޒީ ހަދިޔާކޮށްފި
ބަންޑާރައިންގެ ސްކޫލުގައި ކުރިއަށް އޮތް 2022 ވަނަ އަހަރުގެ އިންޓަރ-ހައުސް ހޭންޑްބޯޅަ އަދި ފުޓްސަލް މުބާރާތަށް، އުތީމު ޔުނައިޓެޑުން ވަނީ ޙަސަންތަކުރުފާނު ހައުސްއަށް ދީލަތިކަމާއެކު ޖާޒީ ހަދިޔާކޮށްފައެވެ. ޖާޒީތައް ޗާޕުކުރުމުގެ ޚަރަދު ހަމަޖައްސައިދެއްވި އަޅުގަނޑުމެންގެ ދީލަތި މެންބަރުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ. މި އެހީތެރިކަމަކީ ޝައްކެއްވެސްނެތް ގޮތުގައި ޙަސަންތަކުރުފާނު ހައުސްގެ ބެލެނިވެރިންގެ ބުރަ ލުއިކޮށްދޭނެ ކަމެކެވެ. ޙަސަންތަކުރުފާނު ހައުސްއަށް ކާމިޔާބު މުބާރާތަކަށް އެދެމެވެ.