ޢަބްދުﷲ ރަޝީދު
ޢަބްދުﷲ ރަޝީދަކީ އުތީމު ޔުނައިޓެޑްގެ ފުރަތަމަ ނައިބު ރައީސެވެ. އެ މަޤާމުގައި ހުންނެވި ދުވަސްވަރު، އެކި ޙަރަކާތްތައް ހިންގުމަށް ފަންޑު ހޯދުމާއި، ޖަމްޢިއްޔާގެ މުދަލާއި ވަސީލަތްތައް އިތުރުކޮށް ތަރައްޤީކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އޭނާއަކީ މިހާރު އުތީމު ކައުންސިލްގެ ރައީސެވެ. އަދި އޭނާ އަންނަނީ ލޯކަލް ކައުންސިލްގެ ދެވަނަ ދައުރުން ފެށިގެން އެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުންނެވެ.