އެންމެފަސް

ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑުން ހަދިޔާކޮށްފި

އާދަމް ރަމީޒް

އާދަމް ރަމީޒް

އާދަމް ރަމީޒް (އެޑަމް) ފާހަގަކޮށްލެވެނީ ރަށުގެ ތަރައްޤީއަށާއި ރަށުގައި ހިންގާ ގިނަގުނަ ޚަރަކާތްތަކުގައި ޢަމަލީގޮތުން އަދި މާލީގޮތުން ފެށުނީއްސުރެ ޙަރަކާތްތެރިވާ މެންބަރެއްގެ ގޮތުގައެވެ. އެޑަމް އުތީމު ޔުނައިޓެޑްގެ ހިންގާ ކޮމިޓީގެ ގޮނޑިއެއް ފުރުމަކީ މި ޖަމްޢިއްޔާއަށް ލިބޭ ނުހަނު ބޮޑު ކުރިއެރުމެކެވެ. އެޑަމަކީ ރިޒޯޓް ދާއިރާގެ ވަރަށް ގިނަ ދުވަހުގެ ތަޖުރިބާހުރި، ތަފާތު ޚަރަކާތްތައް ހިންގުމާއި، ސްޕޮންސަރު ކުރުމުގެ އިތުރުން އިޖުތިމާޢީ އެކިއެކި ކަންކަން އިންތިޒާމުކުރުމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެޑަމްގެ މި ތަޖުރިބާތަކާއެކު، ޖަމްޢިއްޔާގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ޖަމްޢިއްޔާއިން ރާވާ ކަންކަން ކާމިޔާބުކަމާއެކު ޙާޞިލުކުރެވިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.