5 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ 1 ވަނަ ޖަލްސާ
ބައްދަލުވުން ޗެއަރ ކުރެއްވީ: އަބުދުއްރަޙްމާން
ޚުލާޞާ: މި ޖަލްސާގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޖަމްޢިއްޔާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށާއި، ބޭންކް އެކައުންޓް އެކްޓިވޭޓް ކުރުމަށާއި، ވެބްސައިޓް އަލުން ރީބްރޭންޑްކޮށް ލޯންޗުކުރުމުގެ އިތުރުން މައިކްރޯސޮފްޓް 365 ގެ ޚިދުމަތްތައް ބޭނުންކުރަން ފެށުމާ ގުޅޭގޮތުންނެވެ.
މިނިޓްސް
ބޭންކް އެކައުންޓް އެކްޓިވޭޓް ކުރުން: ޖަމުއިއްޔާއިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓް އެކްޓިވޭޓް ކުރުމަށް ހިންގާ ކޮމިޓީގެ މެންބަރުންގެ ޕްރޮފައިލް އަޕްޑޭޓްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން.
ވެބްސައިޓް ރީބްރޭންޑްކޮށް އަލުން ލޯންޗުކުރުން: ޖަމުއިއްޔާގެ ވެބްސައިޓް ޑޮމެއިން ރިނިއުކުރުމާއެކު ރީބްރޭންޑްކޮށް އަލުން ލޯންޗުކުރުމަށް ނިންމުން.
މައިކްރޯސޮފްޓް 365 ބޭނުންކުރުން: އެކި ދާއިރާތަކުން ސްޕޮންސަރޝިޕާއި އެހީތައް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ޖަމުއިއްޔާގެ އީމެއިލް އެޑްރެސް ހަދައި، ހިންގާ ކޮމިޓީގެ މެންބަރުން މައިކްރޯސޮފްޓް 365 ބޭނުންކުރަން ފެށުމަށް ނިންމުން.