އެންމެފަސް

ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑުން ހަދިޔާކޮށްފި

5 ވަނަ ދައުރުގެ 1 ވަނަ އާއްމު ޖަލްސާ

ފެބްރުއަރީ 27، 2024 · 20:15

ބައްދަލުވުން ޗެއަރ ކުރެއްވީ: އަބުދުއްރަޙްމާން

ރަށުގައި ބޭއްވުމަށް ހަމަޖެހުނު ދީނީ ދަރުހުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވުމަށްޓަކައި މެންބަރުންގެ މެދުގައި މަޝްވަރާކޮށް ކަންކަން ރޭވުމަށް ބޭއްވުނު ޢާންމު ޖަލްސާއެކެވެ.

އެޖެންޑާ

ދީނީ ދަރުހުގެ އިންތިޒާމުތައް: 29 ފެބުރުވަރީ 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމިއްޔަތުއްސަލަފުގެ ދީނީ ދަރުސްގެ އިންތިޒާމުތަކުގައި ޖަމުއިއްޔާއިން އެހީތެރިވެދިނުމަށް އެދިފައިވާތީ، އެކަމުގައި ޖަމުއިއްޔާއިން ކޮށްދެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ނިންމުން.