އެންމެފަސް

ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑުން ހަދިޔާކޮށްފި

5 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ 3 ވަނަ ޖަލްސާ

މާރޗް 3، 2024 · 20:30

ބައްދަލުވުން ޗެއަރ ކުރެއްވީ: އަބުދުއްރަޙްމާން

އޮންލައިންކޮށް ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ރަށުގެ ރައްޔިތުންނަށާއި އަންހެން ކަނބަލުންގެ ކުޅިވަރުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގަން ރޭވުނު ހަރަކާތްތަކާ ގުޅޭގޮތުންނެވެ.

އެޖެންޑާ

  • ޙާޟިރުވި މެންބަރުންގެ ޢަދަދު: 05

  • ބޭއްވުނު ގޮތް: މައިކްރޯސޮފްޓް 365 މެދުވެރިކޮށް ބޭއްވުނު އޮންލައިން ފުރަތަމަ މީޓިންގ.

  • ގޭބިސީތަކަށް ކުޑަ ހަދިޔާކުރުން: ރަށުގެ ކޮންމެ ގެޔަކަށް އަވިން އަދި ވާރެއިން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ކުޑައެއް ހަދިޔާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި މިކަން ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުން.

  • އަންހެނުންގެ ވޮލީ ސްޕޮންސަރކުރުން: އުތީމުގައި ވޮލީކުޅޭ އަންހެން ބޭކަނބަލުންނަށް ބޭނުންވާ ވޮލީބޯޅަ ޖަމުއިއްޔާއިން އިސްނަގައިގެން ސްޕޮންސަރ ކުރުން.